ޚަބަރު

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް އިޞްލާހުތަކާއިއެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

3 ޑިސެމްބަރ 2013

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް 5 އިޞްލާހާއިއެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 48 މެންބަރުންގެ […]

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

3 ޑިސެމްބަރ 2013

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު […]

23 ޑިސެމްބަރ 2013 ގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމަވައިފިނަމަ 29 ޑިސެމްބަރ 2013 ވާ އާދީއްތަދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރުމަށް ގަސްދު ކުރައްވާކަން މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ރައީސް އަންގަވައިފި

27 ނޮވެމްބަރ 2013

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަތައް 23 ޑިސެމްބަރ […]

15 ޑިސެމްބަރ 2013 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، 2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ރައީސަށް ފޮނުއްވައިދެއްވުމަށް ކޮމިޓީގައި މަޖިލީހުގެ ރައީސް އެދިވަޑައިގެންފި

27 ނޮވެމްބަރ 2013

15 ޑިސެމްބަރ 2013 ވާ އާދީއްތަދުވަހުގެ ނިޔަލަށް 2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ރައީސަށް ފޮނުއްވައިދެއްވުމަށް ބަޖެޓް […]

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 3 އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

26 ނޮވެމްބަރ 2013

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 3) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން […]

2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގައި ހިމެނޭ “ޏ. ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ގާތްގަނޑަކަށް 15,000,000 (ފަނަރަ މިލިއަން) ޔޫ.އެސް ޑޮލަރަށް ޖެހޭ ކުވޭތު ދީނާރު ލޯނު” ހުށަހެޅިފައިވާ ގޮތަށް ލޯނުގެ ކަންތައް ކުރިއަށް ގެންދިއުމަށް މާލިއްޔަތު ކޮމިޓީން ހުއްދަދެއްވާފައިވަނިކޮށް، ލޯނުގެ ފުރަތަމަ މަޢުލޫމާތުތައް ފޮނުއްވާފައިވާއިރު، ބައެއް މަޢުލޫމާތުތައް ބަދަލުވެފައިވީނަމަވެސް، މި ލޯނާގުޅިގެން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމު ކުޑަވެފައިވުމާއެކު މި ލޯނު ދިވެހި ސަރުކާރުން ނެންގެވުމާމެދު ކޮމިޓީން އުސޫލެއްގެ ގޮތުން އެއްބަސްވާކަމަށް ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވިގޮތަށް ފާސްކުރައްވައިފި

26 ނޮވެމްބަރ 2013

2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގައި ހިމެނޭ “ޏ. ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ގާތްގަނޑަކަށް 15,000,000 (ފަނަރަ މިލިއަން) […]

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4 އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވައި، ފަހުބަސް އިއްވަވައިފި

26 ނޮވެމްބަރ 2013

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް […]

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން، އެމް.ޑީ.އޭ އަށް 1 ގޮނޑި އިތުރުކޮށް އަދި ކޮމިޓީގެ ޖުމްލަ ޢަދަދު އޮނަހިރި ޢަދަދެއްކަމަށްވާ 13 އަށް ހަމަޖެއްސުމަށްޓަކައި މި ވަގުތު މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ އެމް.ޑީ.ޕީ އަށް 1 ގޮނޑި ހަމަޖެއްސުމަށް ފާސްކުރައްވައިފި

25 ނޮވެމްބަރ 2013

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން، “މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް” (އެމް.ޑީ.އޭ) އަށް ހަމަޖައްސާ 1 ގޮނޑި އިތުރުކޮށް އަދި ކޮމިޓީގެ ޖުމްލަ ޢަދަދު އޮނަހިރި ޢަދަދެއްކަމަށްވާ 13 އަށް […]