މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް އިޞްލާހުތަކާއިއެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް 5 އިޞްލާހާއިއެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 48 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 2 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި ޖުމްލަ 7 އިޞްލާހެއް ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް 2 އިޞްލާހެއް ފާސްކުރައްވާފައެއް ނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 ޑިސެމްބަރު 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

3 ޑިސެމްބަރު 2013