15 ޑިސެމްބަރ 2013 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، 2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ރައީސަށް ފޮނުއްވައިދެއްވުމަށް ކޮމިޓީގައި މަޖިލީހުގެ ރައީސް އެދިވަޑައިގެންފި

15 ޑިސެމްބަރ 2013 ވާ އާދީއްތަދުވަހުގެ ނިޔަލަށް 2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ރައީސަށް ފޮނުއްވައިދެއްވުމަށް ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

އެކޮމިޓީގެ މުޤައްރިރަށް މިއަދު މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީއާއެކު ބަޖެޓް ކޮމިޓީގެ ރިޕޯޓް އެމުއްދަތުގައި ލިބިވަޑައިގަތުމުން ބަޖެޓް ރިޕޯޓްގެ މަރުޙަލާތައް ކުރިއަށް ގެންދަވަން ގަސްދު ކުރައްވާ ގޮތުގެ ތާވަލެއްވެސް ފޮނުއްވާފައިވެއެވެ.

އަދި އެކަން އަންގަވައި މަޖިލީހުގެ މެންބަރުންނަށްވެސް މަޖިލީހުގެ ރައީސް މިއަދުވަނީ ސިޓީފޮނުއްވާފައެވެ.