2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގައި ހިމެނޭ “ޏ. ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ގާތްގަނޑަކަށް 15,000,000 (ފަނަރަ މިލިއަން) ޔޫ.އެސް ޑޮލަރަށް ޖެހޭ ކުވޭތު ދީނާރު ލޯނު” ހުށަހެޅިފައިވާ ގޮތަށް ލޯނުގެ ކަންތައް ކުރިއަށް ގެންދިއުމަށް މާލިއްޔަތު ކޮމިޓީން ހުއްދަދެއްވާފައިވަނިކޮށް، ލޯނުގެ ފުރަތަމަ މަޢުލޫމާތުތައް ފޮނުއްވާފައިވާއިރު، ބައެއް މަޢުލޫމާތުތައް ބަދަލުވެފައިވީނަމަވެސް، މި ލޯނާގުޅިގެން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމު ކުޑަވެފައިވުމާއެކު މި ލޯނު ދިވެހި ސަރުކާރުން ނެންގެވުމާމެދު ކޮމިޓީން އުސޫލެއްގެ ގޮތުން އެއްބަސްވާކަމަށް ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވިގޮތަށް މިއަދު ފާސްކުރައްވައފިއެވެ.
މިގޮތަށް ފާސްކުރައްވާފައިވަނީ 57 މެންބަރުންގެ އިއްތިފާޤުންނެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 3 ޑިސެމްބަރު 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
26 ނޮވެންބަރު 2013