ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، ވަކި ފަރާތަކަށް ޖެހުމެއް ނެތި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޖަލްސާތަކާއި ކޮމިޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންކަން، ހިންގުމުގެ އެންމެ އިސްވެރިޔާއެވެ.
25.-Gasim

ިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމްއެވެ. އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ 1 ނޮވެންބަރު 2018 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައިސަކު އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަލްފާޟިލް ޤާސިމް އިބްރާހީމް އަކީ 2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީއަށެވެ.