ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.

މިބިލު ބަލައިގަނެފައިވަނީ 29 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 13 މެންބަރުން ވޯޓް ދެއްވާފައިވާއިރު 6 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލު ދިރާސާކުރެއްވުމަށްވަނީ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވަވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 ޑިސެމްބަރު 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

3 ޑިސެމްބަރު 2013