ޚަބަރު

ދުންފަތުގެ އިސްތޢުމާލު ކުރުންމަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

29 ޑިސެމްބަރ 2012

މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ 34 ވަނަ ބައްދަލުވުމުގައި،  ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް، ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުން […]

އިންޑިއާ އަށް ދަތުރު ކުރުމަށް ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

28 ޑިސެމްބަރ 2012

މިރޭ ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު ޓޫރިސްޓް ވިސާ ނޫން އެހެން ވިސާއެއްގައި […]

އިމްތިޔާޒުގެ ބިލު ހުށަހެޅުއްވި އިޞްލާޙާއެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

27 ޑިސެމްބަރ 2012

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު ހުށަހެޅުއްވި އިޞްލާޙާއެކު ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވާފައިވަނީ، ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް އަދި ފެނިވަޑައިނުގަންނަވާކަމަށް 31 […]

ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރ ކޮށް އިވެލުއޭޓް ކުރުމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

27 ޑިސެމްބަރ 2012

ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރ ކޮށް އިވެލުއޭޓް ކުރުމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މި […]

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

27 ޑިސެމްބަރ 2012

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 64 މެންބަރުންނެވެ. އަދި ފާސްކުރައްވަން […]

ސިޔާސީ ޕާޓީގެ ބިލު ފާސްކުރައްވައިފި

27 ޑިސެމްބަރ 2012

ހުށަހެޅުނު 35 އިޞްލާހުގެތެރެއިން 18 އިޞްލާޙާއެކު ސިޔާސީ ޕާޓީގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 64 މެންބަރުންނެވެ. […]

2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރައްވައިފި

27 ޑިސެމްބަރ 2012

2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ހުށަހެޅުނު 16 އިޞްލާޙުގެ ތެރެއިން 8 އިޞްލާޙާއެކު މިއަދު ފާސްކުރައްވައިފިއެވެ. އިޞްލާޙްތަކާއެކު 2013 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓް ފާސްކުރައްވަން […]

ޗައިނާގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

27 ޑިސެމްބަރ 2012

ޗައިނާގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒްއެކްސެލެންސީ ޔޫ ހޮންގުޔާއޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި […]

ޤައުމީ ސަލާމަތުގެ ކޮމިޓީގެ 13 ވަނަ ބައްދަލުވުން ބާއްވައިފި

27 ޑިސެމްބަރ 2012

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ 800 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް، ސިންގަޕޯރ، މެލޭޝިޔާ އަދި […]

އިންޑިއާގެ ހައިކޮމިޝަނަރ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

27 ޑިސެމްބަރ 2012

އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ ހިޒްއެކްސެލެންސީ ޑީ.އެމް މުލޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި […]