އިމްތިޔާޒުގެ ބިލު ހުށަހެޅުއްވި އިޞްލާޙާއެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު ހުށަހެޅުއްވި އިޞްލާޙާއެކު ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވާފައިވަނީ، ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް އަދި ފެނިވަޑައިނުގަންނަވާކަމަށް 31 މެންބަރުން ވޯޓު ދެއްވައި އެއްވަރުވުމުން، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެމަތިން ރިޔާސަތުން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވުމުންނެވެ. މި ބިލަށް މިއަދުގެ ޖަލްސާގައި 2 އިޞްލާޙް ހުށަހެޅިފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 31 ޑިސެމްބަރ 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

14 ޞަފަރު 1434

27 ޑިސެމްބަރ 2012