ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 64 މެންބަރުންނެވެ. އަދި ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 4 މެންބަރުންނެވެ. މި ބިލަށް މިއަދުގެ ޖަލްސާގައި ޖުމްލަ 14 އިޞްލާހް ހުށަހެޅި ތާއީދުލިބިފައިވެއެވެ. އެހެންނަމަވެސް އެއްވެސް އިޞްލާޙެއް ފާހެއްނުވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 31 ޑިސެމްބަރ 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.
14 ޞަފަރު 1434
27 ޑިސެމްބަރ 2012