ޖިންސީ ކުށުގެ ބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.
މިބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 35 މެންބަރުންނެވެ. އަދި 2 މެންބަރަކު ވަކިފަރާތަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މިބިލުގެ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އެވެ. މިބިލަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު 18 ޖުލައި 2012 ގައި ހުށަހަޅުއްވާފައިވާ ބިލެކެވެ. މިބިލުގެ އިބްތިދާޢީ ބަހުސްގެ މަރުހަލާގައި ޖުމްލަ 15 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.