ކެނެޑާގެ ބޮޑު ވަޒީރުގެ ފަރާތުން ކޮމަންވެލްތަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއިއާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބައްދަލުކުރައްވައިފި

CHR_0276

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 33 ވަނަ ބައްދަލުވުމުގައި، މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ކެނެޑާގެ ބޮޑު ވަޒީރުގެ ފަރާތުން ކޮމަންވެލްތްއަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް އެންވޯއި ސެނެޓަރ ހިއުގް ސެގާލް އާ ކޮމިޓީ މެންބަރުން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ ހާލަތާއި، 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުގައި ހިނގާ ދިޔަ ޙާދިސާތަކާ އަދި ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ކުޅުދުއްފުށި-އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ.