ކ. ގުރައިދޫ ގައި ހުންނަ ޙާއްސަ އެހީ އަށް ބޭނުންވާ މަރުކަޒުގައި 18 އަހަރު ނުފުރޭ 8 ކުދިން ބަހައްޓާފައިވާތީ، އެކަން ހިނގާފައިވާގޮތް ދިރާސާކޮށް ބެއްލެވުމަށާއި އަދި އެމައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުން ކުރިއަށްގެންދަވައިފި

DSC_0372މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 8 ވަނަ ބައްދަލުވުމުގައި، ކ. ގުރައިދޫ ގައި ހުންނަ ޙާއްސަ އެހީ އަށް ބޭނުންވާ މަރުކަޒުގައި 18 އަހަރު ނުފުރޭ 8 ކުދިން ބަހައްޓާފައިވާތީ، އެކަން ހިނގާފައިވާގޮތް ދިރާސާކޮށް ބެއްލެވުމަށާއި އަދި އެމައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުން ކުރިއަށްގެންގޮސްފައިވެއެވެ.

މިގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ހިޔުމަން ރައިޓްސް ގެ ފަރާތުން މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި، އެޓާރނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރުއާ، ސްޓޭޓް މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ، ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟީލް މުޙަންމަދު ރަޝީދު، ސީނިއަރ ކައުންސެލަރ އައިމިނަތު ޝަރީފް އަދި ކ. ގުރައިދޫ ގައި ހުންނަ ޙާއްސަ އެހީ އަށް ބޭނުންވާ މަރުކަޒު ހިންގުމާއި ހަވާލުވެހުރި ސީނިއަރ އެޑްމިން އޮފިސަރ އަޙުމަދު އިމާދު އާ ބައްދަލުކުރައްވާފައިވެއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ވަޑައިގެންނެވިއެވެ.