މިއަދު މެންދުރުފަހު ބޭއްވުނުު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ނ. މާފަރުގެ ރައްޔިތުން އިޙްތިޖާޖްކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން 2 މުއައްސަސާއަކާއި ބައްދަލުކުރައްވައިފި

CHR_0873މިއަދު މެންދުރުފަހު ބޭއްވުނުު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި ނ. މާފަރު އެއަރޕޯޓް އެޅުން ލަސްވުމާއި، ރަށުގެ ސިއްޙީ ޚިދުމަތާއި، ތަޢުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން އެރަށުގެ ރައްޔިތުން އިޙްތިޖާޖު ކުރަމުންދާތީ، މިމައްސަލައާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަލްފާޟިލާ މަރިޔަމް އަޒްރާ އާއި އެކޮމިޝަންގެ މެންބަރުންނާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޑރ. މަރިޔަމް ޝަކީލާ އާ އަދި އެމިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އަދި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީއެވެ.