“ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލު” ދިރާސާކުރެއްވުމުގެ މަސައްކަތް ނިންމަވާލައްވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައި، “ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލު” ދިރާސާކުރެއްވުމުގެ މަސައްކަތް ނިންމަވާލެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލައްވަމުން، 2012 ވަނަ އަހަރު އިޤްތިޞާދީ ކޮމިޓީން ވަރަށް ގިނަގުނަ މަސައްކަތް ކުރެވިފައިވާ ކަމަށް ވިދާޅުވެ، ކޮމިޓީގެ މެންބަރުން ބައްދަލުވުންތަކަށް ވަޑައިގަންނަވާ ކުރައްވާފައިވާ ބުރަ މަސައްކަތައް ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮމިޓީގެ އިދާރީ މުވައްޒަފުން ކޮމިޓީއަށް ދެއްވި އެއްބާރުލުން ފާހަގަކުރައްވައި، އެ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމްއެވެ.