ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރ ކޮށް އިވެލުއޭޓް ކުރުމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރ ކޮށް އިވެލުއޭޓް ކުރުމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް 62 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ. އަދި 4 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 31 ޑިސެމްބަރ 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

14 ޞަފަރު 1434

27 ޑިސެމްބަރ 2012