ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީގެ 20 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި، އަދަބުދިނުމުގެ ތާވަލު ދިރާސާކުރައްވާ، ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދުއެވެ.