މާލިއްޔަތު ކޮމިޓީގެ 75 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 75 ވަނަ ބައްދަލުވުމުގައި އޮޑިޓް އޮފީހުގެ 2011 އަދި 2012 ވަނަ އަހަރުގެ އޮޑިޓް ކުރުމަށްޓަކާ އޮޑިޓް ފަރމްއެއް ހަމަޖެއްސުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް ބައްލަވާ، މަރކްސް ދިނުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނައިބު މުޤައްރިރު އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙަންމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުލްރަޙީމްއެވެ.