ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 24 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 24 ވަނަ ބައްދަލުވުމުގައި، 7 ފެބްރުއަރީ 2012 ގައި ހިނގައި ދިޔަ ހާދިސާތައާއި ގުޅިގެން ނެރުނު ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

އެގޮތުން ކޯނީ ރިޕޯޓް ތައްޔާރުކުރުމުގައި ލިބިފައިވާ ބައެއް ބަޔާންތައް ބެއްލެވުމަށް ނިންމަވާ، އެ މަޢުލޫމާތުތައް ކޮމިޓީއަށް ފޮނުއްވުމަށް އެދި ރަޢީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ.

ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ސާލިޙް އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކްއެވެ.

.