ގަވާއިދު ކޮމިޓީގެ 33 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ 33 ވަނަ ބައްދަލުވުމުގައި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ދުންފަތުގެ އިސްތިޢުމާލު ކުރުންމަންދާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން، އެޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ ބޭފުޅުންނާއި ދެންއޮންނަ ގަވާއިދު ކޮމިޓީގެ ބައްދަލުވުމެއްގައި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއެވެ.