“ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު” ދިރާސާ ކުރައްވާ ނިންމަވައިފި

މިރޭ ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބްކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު” ދިރާސާކުރައްވާ ނިންމަވައިފިއެވެ.

އެގޮތުން ބިލުގެ ދެލިކޮޕީގެ މަސައްކަތް ނިންމެވުން ކުރިއަށްގެންދެވިއިރު، ބިލާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ޑިޕާޓްމެންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީ.ޕީ.އާރް.އެސް) ގެ ކަމާބެހޭ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ ކޮމިޓީން ވަނީ މަޝްވަރާކުރައްވާފައެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.