ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާ އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފަ ހުންނަވާ ސަފީރު ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާ އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފަ ހުންނަވާ ސަފީރު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ އިންޑިޔާގެ ރައްޔިތުންގެ މަޖިލީހާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާމެދު ވާހަކަ ދެއްކެވިއެވެ. އަދި އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން ތަމްރީން ކުރުމަށް ދެމުންގެންދާ އެހީ މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާ ސަފީރަށް ދެންނެވިއެވެ. އަދި އިންޑިޔާގެ ލޮކްސަބާގެ ސްޕީކަރ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް 2010 ވަނަ އަހަރު ދެއްވާފައިވާ ދަޢުވަތު އައު ކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.