ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، މަޖިލީހަށް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައަށް ބަހުސްކުރައްވައިފި

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކު ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އަދި ޖުމްލަގޮތެއްގައި މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 153 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވާފައިވާ އިމްތިޔާޒްގެ މައްސަލައަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 36 ވަނަ ޖަލްސާގައި ބަހުސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، 157 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން މިމައްސަލައަށް ބަހުސްކުރެއްވުމަށް ފެނޭތޯ ނެގި ވޯޓުގައި ފެންނަކަމަށް 22 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ބަހުސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 13 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.