ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 16، 17 އަދި 18 ވަނަ ބައްދަލުވުންތައް މިއަދު ބާއްވަވައިފިއެވެ.
އެގޮތުން 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މަސައްކަތް ކުރިއަށްގެންދަންވީ ގޮތާއި މެދު ސިޔާސީ އެކި ޕާޓީތަކުގެ ޙިޔާލު ހޯއްދެވުމުގެ ގޮތުން، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ.
އަދި ދައުލަތުގެ ރެވެނިއު އިތުރުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި މެދު މަޝްވަރާކުރައްވާ، އެކަންކަމާއި މެދު ވަކި ގޮތެއް ނިންމެވުމުގެ މަސައްކަތް ކުރިއަށްގެންދަވާފައިވެއެވެ. މި ހުށަހެޅުންތައް ފާސްކުރެއްވުމުގެ ކުރިން ފިނޭންސް މިނިސްޓަރަށް ހިއްސާކުރައްވާ، ހިޔާލުފުޅު ހޯއްދެވުމަށް ވަނީ ނިންމަވާފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.
