2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 13، 14 އަދި 15 ވަނަ ބައްދަލުވުންތައް މިއަދު ބާއްވަވައިފިއެވެ.
އެގޮތުން 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމެނޭ މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ ކުރިއަށްގެންދަވާފައިވާ މަޝްވަރާތަކުގެ އަލީގައި، ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. އަދި ބަޖެޓްގެ މަސައްކަތް ވަކި ގޮތަކަށް ނިންމެވުމުގެ ކުރިން ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޞިލް އަބްދުﷲ ޖިހާދް އާއި ބައްދަލުކުރައްވާފައިވެއެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބަޖެޓާއި ބެހޭ ގޮތުން މަޝްވަރާކުރައްވާ، މިކަމާ ބެހޭ އިތުރު މަޢުލޫމާތު ކޮމިޓީއަށް ފޮނުއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.
