މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީން މިބިލު ދިރާސާކުރައްވައި ގެންނެވި އިޞްލާޙުތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
މި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމުއެވެ.