2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފި

2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިއަދު ބޭއްވެވި ތިން ބައްދަލުވުމުގައި، ބަޖެޓާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ދައުލަތުގެ 10 މުއައްސަސާއެއްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

އެގޮތުން މިއަދު ބޭއްވެވި 8 ވަނަ، 9 ވަނަ، އަދި 10 ވަނަ ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިގެންނެވި ހިއުމަން ރައިޓްސް ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމްޕްލޯއިމެންޓް ޓްރައިބިއުނަލް، މޯލްޑިވްސް މީޑިޔާ ކައުންސިލް، ޓެކްސް އެޕީލް ޓްރައިބިއުނަލް، ޕޮލިސް އިންޓްގްރިޓީ ކޮމިޝަން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ އިސް ބޭފުޅުންވަނީ، އެ މުއައްސަސާތަކަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި ބެހޭ ގޮތުން އެ ބޭފުޅުންގެ ހިޔާލު ފާޅުކުރައްވާ ވާހަކަދައްކަވާފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު،  މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.