އުނގޫފާރު ދާއިރާގެ ގޮނޑިއަށް އިންތިޚާބްވެވަޑައިގެންނެވި ރ.އުނގޫފާރު / ގުލްފާމުގެ، އިބްރާހީމް އަމީން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވައި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވުމާއި ގުޅިގެން 1 ޑިސެމްބަރ 2012 ވީ ހޮނިހިރު ދުވަހު އުނގޫފާރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވުނު ބައި-އިލެކްޝަންގައި އިންތިޚާބުވެވަޑައިގެންނެވި ރ.އުނގޫފާރު / ގުލްފާމުގެ، އިބްރާހީމް އަމީން މަޖިލީހުގެ މެންބަރު ކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު މިއަދު 5 ޑިސެމްބަރ 2012 ވީ ބުދަ ދުވަހުގެ ހެނދުނު 8:56 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ހުވައިލައިދެއްވީ  ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.