ގަވާއިދު ކޮމިޓީގެ 30 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ 30 ވަނަ ބައްދަލުވުމުގައި، އާއިލާއާބެހޭ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙަށް މަޝްވަރާ ކުރެއްވުން ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، އާއިލާއާ ބެހޭ ގަވައިދުގެ 63 އަދި 65 ވަނަ މާއްދާގެ (ހ) އަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާޙާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ގަވާއިދު ކޮމިޓީން ވަނީ ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު އާއި ޤާޟީ އަލް އުސްތާޛު އިބްރާހީމް މާހިރު އަދި ރަޖިސްޓްރާރ އަލްއުސްތާޛު ޙަސަން ޝަފީޢު އާ ބައްދަލުކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހަންމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް އަދި އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމްއެވެ.