ޤައުމީ ތަރައްޤީގެ ކޮމިޓީން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި، 2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓުން ގައުމީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ޖާގަ ލިބިފައިވާ މިންވަރާއި މެދު މަޝްވަރާ ކުރެއްވައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މިއަދުގެ ކޮމިޓީގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. މުހަންމަދު މުޢިއްޒުއާއި އަދި އެ މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ކޮމިޓިގެ މެންބަރުން ބޭނުންފުޅުވެލައްވާ މަޢުލޫމާތު ސާފްކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ޢަބްދުﷲ ޙަމީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލްއެވެ.