މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ 29 ވަނަ ބައްދަލުވުމުގައި، އާއިލާއާބެހޭ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުގެ މައްސަލަ ބައްލަވާފައިވެއެވެ.
މި އިސްލާޙާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ގަވާއިދު ކޮމިޓީން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެ މިނިސްޓްރީން ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ، އަލްއުސްތާޛާ ފާތުމަތު ލާޠީފްއެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހަންމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާޙީމް މުއްޠަލިބް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުލްރަޙީމް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ.
