މަޖިލީހުގެ ގަވާއިދުގެ 2 މާއްދާއަކަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް، މަޖިލީހުގެ ޤަވާއިދަށް ގެންނަވަން ހުށަހަޅުއްވާފައިވާ އިޞްލާޙާއެކު ފާސްކުރައްވައިފި

މަޖިލީހުގެ ގަވާއިދުގެ 2 މާއްދާއަކަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެންނަވަން ހުށަހަޅުއްވާފައިވާ އިޞްލާޙާއެކު މިއަދު ފާސްކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެންނަވަން ހުށަހަޅުއްވާފައިވާ އިޞްލާޙް ފާސްކުރައްވާފައިވަނީ 27 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 18 މެންބަރުން ވޯޓް ދެއްވާފައިވާއިރު 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މި އިޞްލާޙްގައިވަނީ ޖިނާޢީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަޙްޤީޤް ކުރިއަށްގެންދެވެން ނެތް ޙާލަތެއްގައި، މެންބަރަކު ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި، ބަންދުކުރާތާ ގިނަވެގެން 15 މިނެޓް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމަށް އަންގަންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 219 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙް ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ޤަވާއިދަށް ގެންނަވަން ހުށަހަޅުއްވާފައިވާ އިޞްލާޙް ފާސްކުރައްވާފައިވަނީ 35 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރުން ވޯޓް ދެއްވާފައިވާއިރު 4 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މި އިޞްލާޙްގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާ އެއްވެސް ތަނެއްގައި އެއްވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ޚިލާފް ވާހަކައެއް ދައްކައިގެން ނުވާނެއެވެ.

14 މުޙައްރަމް 1434

28 ނޮވެމްބަރ 2012