ޤައުމީ ސަލާމަތުގެ ކޮމިޓީގެ މިއަހަރުގެ 8 ވަނަ ބައްދަލުވުން ބާއްވަވައިފި

ޤައުމީ ސަލާމަތުގެ ކޮމިޓީގެ މިއަހަރުގެ 8 ވަނަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގައި ކޮމިޓީއަށް އައިސްފައި ހުރި މައްސަލަތައް ނިންމަމުން ދާނެ ގޮތުގެ ތާވަލް ކަނޑައަޅުއްވާ، ކޯނީ ރިޕޯޓްއާއި ގުޅޭ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އަދި ސްކޫލުތަކުގައި ޖިނާޢީ މައްސަލަތައް އާންމުވަމުންދާތީ، މި މައްސަލައާއި މެދު މަޝްވަރާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބޭފުޅުންނާއި އެކު ބައްދަލުވުމެއް ބާއްވަވަން އެ މިނިސްޓްރީން އެދިވަޑައިގެން ފޮނުއްވާފައިވާ ސިޓީ ބެއްލެވިއެވެ. އަދި އެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް، މަނަދޫ ދާއިރާގެ މެންބަރު މުހަންމަދު ތާރިޤް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ރިޒާ، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙްމީއެވެ.