މިއަދު ބޭއްވުނު އާންމު ކޮމިޓީގެ 2012 ވަނަ އަހަރުގެ 33 ވަނަ ބައްދަލުވުމުގައި، މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އިސްލާޙުކުރެއްވުމަށް ހުށަހަޅާފައިވާ މައްސަލަ ބައްލަވައިފިއެވެ.
އެގޮތުން، އެ މާއްދާގެ (ރ) އަށް ހުށަހަޅާފައިވާ އިސްލާޙުގެ އިތުރުން، އެ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށްވެސް ހުށަހަޅުއްވާފައިވާތީ، މި މައްސަލައާއި މެދު މަޝްވަރާކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ އަދި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒްއެވެ.
