ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ) އަށް ހުށައަޅުއްވާފައިވާ އިސްލާޙާއި، 173 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށައަޅުއްވާފައިވާ އިސްލާޙާއި އަދި 177 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށައަޅުއްވާފައިވާ އިސްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓު 03 ޑިސެމްބަރ 2012 ވާ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ) އަށް ހުށައަޅުއްވާފައިވާ އިސްލާޙާއި، 173 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށައަޅުއްވާފައިވާ އިސްލާޙާއި އަދި 177 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށައަޅުއްވާފައިވާ އިސްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓު 03 ޑިސެމްބަރ 2012 ވާ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ނިންމަވައި އެކަން މިއަދު މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފިއެވެ.

މި އިސްލާޙަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހުށައެޅޭ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ނަގާ ވޯޓުތައް ސިއްރުކުރުމާ ބެހޭގޮތުން ހުށައެޅިފައިވާ އިސްލާޙެކެވެ.

އެގޮތުން އިސްލާޙު ހުށައެޅިފައިވަނީ މަޖިލީހުގެ ޤަވާއިދުގެ 167 ވަނަ މާއްދާގެ (ހ) އަށާއި އަދި 173 ވަނަ މާއްދާއަށް ނަންބަރެއް އިތުރު ކުރުމަށާއި އަދި 177 މާއްދާއަށް ނަންބަރެއް އިތުރު ކުރުމަށެވެ.