މާލިއްޔަތު ކޮމިޓީގެ 65 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 65 ވަނަ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ހިންގަވަމުން ގެންދަވާ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ގެ މައްސަލައާއި، އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ (އެން.ޑީ.އެމް.ސީ) ގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ޚާއްސަ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރެއްވުމެވެ.

ނަމަވެސް މި ދެ މައްސަލައިގެ މަސައްކަތް މާދަމާ ބޭއްވޭ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށްގެންދެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ނޮޅިވަރަމް ދާއިރާގެ މުޙަންމަދު ނަޝީދު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދުއެވެ.