ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައަޅުއްވާފައިވާ ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކޮށް ނިންމަވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގައި މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (3/2010) ގެ 32 ވަނަ މާއްދާގެ (ހ) ވަނީ  ބައިވެރިވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރައްވާފައެވެ. މި މާއްދާގައި ވަނީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ކުރިއަށް އޮތް އަހަރުގެ 02 މަސްކުރިން ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައެޅުއްވުމަށެވެ.

އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތްވަނީ ފައްޓިވާފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލް ގަފޫރު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދުއެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހަންމަދު އަސްލަމް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ބައްދަލުވުމަށް ހާޒިރުވެވަޑައެއްނުގަންނަވައެވެ.