މިއަދުގެ ޤައުމީ ތަރައްޤީގެ ކޮމިޓީގެ ސަބް ކޮމިޓީ 3 ގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ބިމާ ބެހޭ ބިލް އާއި ގުޅޭ ގޮތުން މަޝްވަރާކޮށް ބިލަށް މެންބަރުންނަށް ފެނިވަޑަންނަވާ ބަދަލުތަށް ގެނައުމެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި ބިލުގެ 2 ވަނަ މާއްދާއާހަމައަށް ބެއްލެވިއެވެ.
މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރުއެވެ.
މަތިވެރި ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން ހުންނެވީ ޗުއްޓީގައެވެ.