މާލިއްޔަތު ކޮމިޓީގެ 62 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 62 ވަނަ ބައްދަލުވުމުގައި، މަސްވެރިންގެ ސަބްސިޑީއާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމެވީ ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ އެ ސަބްސިޑީ ދެއްވުމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރި ދާއިރާގެ މެމްބަރު ވިސާމް ޢަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙަންމަދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.

މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ބައިވެރިވަޑައިގެންނެވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާސިލް އަޙުމަދު ޝަފީޢު، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ހަސަން އަދި އެސިސްޓަންޓް ޑިރެކްޓަރ އަލްފާސިލް ޢަބްދުﷲ ޖައުފަރެވެ.