ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލު ގެ މަސައްކަތް އިޤްތިޞާދީ ކޮމިޓީން ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ 33 ވަނަ ބައްދަލުވުމުގައި ‘ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލު’ ގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ.

މީގެ އިތުރުން ‘ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލު’ ދިރާސާކުރެއްވުމަށް ބޭނުންވާ ކޮމެންޓް ހޯއްދެވުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވާފައިވާތީ އެސިޓީތަކުގެ ޖަވާބު ލިބުމުން މިބިލުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދެވުމަށް ނިންމަވާ، މިބިލުގެ މަސައްކަތް ވަނީ ފަސްކުރައްވާފައިވެއެވެ.

ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދުއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްއާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައެއްނުގަންނަވައެވެ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ހުންނެވީ ޗުއްޓީގައެވެ.