މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ބިލު ބެއްލެވުމަށް ހޮއްވަވާފައިވާ އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުން ބާއްވައިފި

މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ބިލު ބެއްލެވުމަށް ހޮއްވަވާފައިވާ އިޖްތިމާޢީ ކޮމިޓީގެ ސަބް- ކޮމިޓީގެ 2 ވަނަ ބައްދަލުވުން ބާއްވައިފިއެވެ.

މިގޮތުން، މިއަދުގެ ބައްދަލުވުމުގައި ބިލާއި ގުޅޭގޮތުން އެޓާރނީ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ޚިޔާލުފުޅުތައް ބެއްލެވުމަށްފަހު، ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމެއްގައި ބިލުގެ މަސައްކަތް ކުރެއްވުމަށް ނިންމެވިއެވެ.

މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ ސަބް – ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުއެވެ. ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުންނެވީ ސަލާމުގައެވެ.