ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިރޭ ބާއްވައިފިއެވެ.

މިގޮތުން ބިލުގައި، އަދަބުތައް ކަނޑައެޅުމުގެ މާއްދާތަކަށް، މެންބަރުންގެ ޚިޔާލުފުޅުތަކާއި އެއްގޮތަށް އިޞްލާހުކޮށް މަޝްވަރާކުރެވުނެވެ.

މިރޭގެ ބައްދަލުވުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުންވެސް ހާޒިރުވެވަޑައިގެންނެވިއެވެ. އެއީ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒްއެވެ.