އިޤްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ދިރާސާ ކުރެއްވުމުގެ މަސައްކަތް ނިންމަވައިފި

މިއަދު ބޭއްވުނު އިޤްތިސާދީ ކޮމިޓީގެ 30 ވަނަ  ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް، އެ ކޮމިޓީއިން ނިންމަވާލައްވަފިއިވެ.

ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލުގެ ސުން ގަޑިއަކީ 30 ނޮވެމްބަރ 2012 ކަމުގައި ފާސްކުރައްވައިފިއެވެ.

އިޤްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް އެވެ.