މި އަހަރުގެ ނޮވެންބަރ މަހުގެ 4 އިން 6 އަށް ޕާކިސްތާންގެ އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސިކްސްތް ކޮންފަރެންސް އޮފް ދަ އެސޯސިއޭޝަން އޮފް ދަ ސާކް ސްޕީކަރސް އެންޑް ޕާލަމެންޓޭރިއަންސް” ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.
މި ކޮންފަރެންސްގައި، ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާޙިމް މުޙަންމަދު ސާލިޙު އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާމަނިކު އާއި ފެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނައީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަލްފާޟިލާ ރުޤިއްޔާ މުޙަންމަދު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އަބްދުﷲ މަސީޙް މުޙަންމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙަންމަދު ބައިވެރިވެވަޑައިގަތުމަށްވަނީ ހަމެޖެހިފައެވެ.