ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައި، ދިވެހި ރާއްޖެއިން ބޭރު ގައުމުތަކަށް ކަނޑައަޅުއްވާފައިވާ ސަފީރުން އިސްތިއުފާ ދެއްވަމުން ގެންދަވާތީ މި މައްސަލައާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުލްސަމަދު ޢަބްދުﷲ އާއި ބައްދަލުކުރައްވައިފިއެވެ.
މީގެ އިތުރުން ޤާނޫނު ނަންބަރު: 16/2011(ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ތަންފީޒު ކުރެއްވެމުން ނުދާކަން ފާހަގަކުރައްވައި، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް މި ކޮމިޓީއަށް ހުށައެޅުއްވި މައްސަލައާއި ގުޅިގެން އެޓަރނީ ޖެނެރަލް އާޒިމާ ޝުކޫރާއި އަދި ރައީސުލް ޖުމްހޫރިއްޔާގެ ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު ވަޑައިގެންނަވާ، މިއަދު މައުލޫމާތު ޚިއްސާކުރެއްވިއެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ، މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ސާލިޙް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިޤްއެވެ.