އިޤްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ދިރާސާކުރައްވައިފި

މިއަދުގެ އިޤްތިޞާދީ ކޮމިޓީގެ 28 ވަނަ ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ދިރާސާކުރައްވައިފިއެވެ.

އިޤްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް އެވެ.