އިމްތިޔާޒް ކޮމިޓީގެ 16 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދުގެ 09:45 ން 10:25 މިކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރު ކޮށްފައިވާ މައްސަލާ އާއި ގުޅޭގޮތުން ކޮމިޓީގައި ދިރާސާ ކުރެއްވުމަށްފަހު ތައްޔާރު ކުރި ރިޕޯޓާއި ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާ ކުރުމެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 (ށ) ގައި މެންބަރުން ހައްޔަރު ކުރުމަށް އިންނަ އުސޫލާއި މޯލްޑިވްސް ޕޮލިސް ސާރވިސް އިން އަމަލު ކުރަމުން ނުދާތީ އެކަމާމެދު އަމަލު ކުރާނެ ގޮތުގެ ލަފާއަކަށް އެދި ކައުންސެލް ޖެނެރަލް އަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ބައިވެރިވަޑައިގެންފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފްއެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަޑައިނުގަންނަވައެވެ.

ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު ހުންނެވީ ސަލާމުގައެވެ.