މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮމިޓީ އެލަވަންސް ކަނޑާލުމަށް ގޮވާލާ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފިއެވެ.
މިއަދުގެ ޖަލްސާގައި މިޤަރާރަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 1 ގަޑިއިރަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި، 12 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.