މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވައިގެން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގެން ހިންގާފައިވާ ލާއިންސާނީ އަނިޔާ ބެލުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށް އެދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި މިޤަރާރަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 1 ގަޑިއިރަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި، 10 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.