މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 31 ވަނަ ބައްދަލުވުން

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މިއަހަރުގެ 31 ވަނަ ބައްދަލުވުމުގައި ހެއްކާ ބެހޭ ބިލުވަނީ ހުށައަޅުއްވާފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބިލު ދިރާސާ އިތުރަށް ދިރާސާކުރައްވާފައިވެއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންއެވެ.