މާލެއާއި އަތޮޅުތަކުން ބޭސް ހުސްވެ، ރައްޔިތުންނަށް ލިބެންޖެހޭ ކުއްލި ފަރުވާއާއި ބޭހުގެ ޚިދުުމަތް ހުއްޓިފައިވާ މައްސަލަ ވަގުތުން ހައްލުކުރުމަށް އެދި ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވައިފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، މާލެއާއި އަތޮޅުތަކުން ބޭސް ހުސްވެ، ރައްޔިތުންނަށް ލިބެންޖެހޭ ކުއްލި ފަރުވާއާއި ބޭހުގެ ޚިދުުމަތް ހުއްޓިފައިވާ މައްސަލަ ވަގުތުން ހައްލުކުރުމަށް އެދި ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވައިފިއެވެ.

މި ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މިކުއްލި މައްސަލައަށް ބަހުސްކުރުމާމެދު ނެންގެވި ވޯޓުގައި ފެނިވަޑައިގަންނަވާކަމަށް 27  މެންބަރުން ވޯޓުދެއްވާފައިވާއިރު ނުފެންނަކަމަށް 7 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުންނުވާކަމަށް 3 މެންބަރަކު ވޯޓުދެއްވާފައިވެއެވެ.

އަދި  ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރުގެ އިތުރުން 18 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.